ސިނަމާލެ ބްރިޖް

އެކްސިޑެންޓްތައް މަދުކުރުމުގެ މަގުސަދުގައި ބުރިޖުގެ ގިނަ ބަމްޕަރުތަކެއް ނަގައިފި

ފަތޯނާ ފާއިޒު

ސިނަމާލެ ބުރިޖުގައި ހުރި ގިނ ސްޕީޑް ބަމްޕަރުތައް ނަގައިފިއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ބަމްޕަރުތައް ނެގީ އެކްސިޑެންޓްތައް މަދު ކުރުމުގެ ގޮތުން ކަމަށާއި ބަމްޕަރުތައް ނަގާފައިވަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެ ބަމްޕަރުތައް ނެގީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީ އަދި ފުލުހުން މަޝްވަރާކުރުމަށްފަހު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ބަމްޕަރުތައް ނެގީ އެތަނުގައި އެ ބަމްޕަރުތައް ބަހައްޓާފައި ހުރި ގޮތުން ބައެއް އެކްސިޑެންޓްތައް ހިނގާތީ އެކަން މަދު ކުރުމަށް،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މާލެ-ހުޅުލެ ބުރިޖުގައި އެކްސިޑެންޓް ހިނގުމަކީ އާންމު ކަމެެކެވެ. އެކްސިޑެންޓްތަކުން ލިބޭ ގެއްލުން މަދު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހެލްމެޓް އަޅައިގެން ނޫނީ ބުރިޖުގައި ނުދުއްވޭ ގޮތަށް ވެސް ކަނޑައަޅާފައިވެއެވެ.