ޓެރަރިޒަމްގެ ގާނޫނު އެއޮތީ ފާސްކޮށްފައި ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް(އެމްޑީއެން)ގެ ރައީސާ ޝަހިންދާ އިސްމާއީލް އޭނާއަށް ބިރުދައްކާ މީހުންނަށް އިންޒާރު ދީފިއެވެ.
އެމްޑީއެންއިން އާންމު ކުރި އެސެސްމެންޓް ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައިި އޭނާއަށް މަރުުގެ އިންޒާރާއި ބިރުދެއްކުމުގެ ބަސްތައް އަމާޒުވަމުން އަންނަ ކަމަށް ޝަހިންދާ ވަނީ ބުނެފައެވެ.
މިއަދު އޭނާ ކުރި ޓްވީޓެއްގައި ވަނީ އެފަދަ މީހުންނަށް އިންޒާރެއް ދީފައެވެ. ޝަހިންދާ ވިދާޅުވީ ސުލްހަވެރިިކަން ނަގާލައިގެން އަދި "ދެބޯގެރި ދުއްވައިގެން" ދެން ސަލާމަތެއް ނުވާނެ ކަމަށެވެ.
"ޓެރަރިޒަމްގެ ގާނޫނު އެއޮތީ ފާސްކޮށްފައިި. ދެން ކިތަންމެ ބިރުގަތަސް، އިންޒާރު ދިނަސް، އެމްޑީއެން ބަންދު ކުރިއަސް، ހަމަ އެއޮތީ ގާނޫނު ފާސްވެފައި،" ޝަހިންދާ އިތުރަށް ވިދާޅުވީ ގާނޫނުގެ އަތް ދިގުވާނެ ކަމަށެވެ.
މިދިޔަ މަހުގެ 30 ވަނަަ ދުވަހު ފާސްކުރި ޓެރަރިޒަމްގެ ބިލުގަައިވާ ގޮތުން ކޯޓު އަމުރަކާ ނުލައި ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. އެގޮތަށް ފުލުހުން ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.