އިންޑިއާގައި ބާއްވާ ފުރަތަމަ ޑައިވް އެކްސްޕޯ، އެޑެކްސް އެގައުމުގެ މުމްބާއީގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނީ ހެނދުނު 10:00 އިން މިރޭ 7:00 އަށެވެ. އެ އެކްސްޕޯ ފެށިގެންދިޔައީ މިއަދު ހެނދުނެވެ.
ޑައިވް އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ކެއިމޫ ހޮޓެލްސް އެންޑް ރިސޯޓްސް، ވިލާ ހޮޓެލްސް، ކޮކޫން މޯލްޑިވްސް، އަދާރަން ރިސޯޓްސް، ޔޫއެން މީ ބައި ކޮކޫން، ހެރިޓެންސް އާރަށް، އައްޑޫ ޑައިވް، ޕެބްލްސް އިން، މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން ހިމެނެއެވެ.
މި އެކްސްޕޯގައި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ ޑައިވް އިންސްޓްރަކްޓަރުން ކަމަށްޗާ ޒޫނާ ނަސީމާއި ޝާހީނާ އަލީ ތަގުރީރު ކުރައްވާނެއެވެ. އަދި ކަނޑުއަޑީގެ ފޮޓޯގްރާފަރު މުހައްމަދު ސީނީދާއި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމުވެސް ވާހަކަދެއްކެވުމަށް ހަމަޖެހިފައިވެއެވެ.
އެޑެކްސް އިންޑިއާ-މުމްބާއީ ޑައިވް ޝޯއަކީ އެގައުމުގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ޑައިވް އެކްސްޕޯއެެވެ.