މަސްތުގެ ހާލަތުގައި ހުރި އަންހެނަކު ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ފޯނެއް ފެނިއްޖެއެެވެ.
ފުލުހުން ބުނީ ރޭ 7:34ހާއިރު މާވެޔޮމަގާ މަޖީދީމަގު ގުޅޭ ހިސާބުން މަސްތުގެ ހާލަތުގައި ހުރި ކަމަށް ޝައްކު ކުރެވޭ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި ކަމަށެވެ.
އެއީ 34 އަހަރުގެ އަންހެނެއް ކަަމަށާއި އެމީހާ ބަލައި ފާސްކުރުމުން ފެނުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު މީހަކު އަތުން ގެއްލިގެން ހޯދަމުން ދިޔަ ފޯނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލަމުންނެެވެ.