ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަށް ހުޅުމާލޭގައި ހާއްސަ ޕާކިން އޭރިއާއެއް ތަރައްގީކުރުމަށް ނިންމައިފިއެވެ.
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން އޭރިއާއެއް ތަރައްގީކުރުމަށް ނިންމައި، މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ ޕާކިން އޭރިއާގައި 150 އަށްވުރެ ގިނަ ހަތަރު ފުޅޮޅުލީ އުޅަނދަށް ޕާކް ކުރެވޭނެ ކަމަށާއި އެ މަސައްކަތަކީ މާލޭ ސިޓީގެ މަގުތަކުން ވެހިކަލް މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.
އެ ޕާކިން އޭރިއާ ބޭނުންކުރެވޭނީ ފައިސާ ދައްކައިގެންނެވެ. އެ ޕާކިން އޭރިއާގެ ކުރެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.