ޚަބަރު

ސިންދިތާ އޮފީހުގެ ދެ ތިޖޫރި ހަލާކުކޮށްލައި، 4،700 ޑޮލަރާއި، 30،000 ރުފިޔާ ވަގަށް ނަގައިފި

އިބްރާހިމް ޒަކީ

މަޝްހޫރު ފޮތި ފިހާރަ ސިންދިތާގެ އޮފީހުގެ ދެ ތިޖޫރި ފަޅާލައި ވައްކަން ކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، އެ އޮފީހުގެ ދެ ތިޖޫރި ހަލާކު ކޮށްލައިގެން 4،700 ޑޮލަރާއި، 30،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ވައްކަމާބެހެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު ނުވައެއްޖަހާ އެހާކަންހާއިރު ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.