އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމުގެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި މިހާރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާއާއެކު ދެ ބޭފުޅުންގެ ނަން އެ ކޮމިޝަންގެ މެންބަރަކު ހޮވުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް އެދި ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވުމުން އެ ނަންފުޅުތައް އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ފުއާދު ތައުފީގު، މއ. ތަޅަމުދިގެ، އާއި އަމްޖަދު މުސްތަފާ، އަލިވާގެ ގއ. މާމެންދޫ،. ގެ އިތުރުން ދެން އެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ހަސަން ނާޒިމް ހ. ގާޑެނިއާ، އާއި ހަނީފާ ހާލިދު، އަނބުގަސްދޮށުގެ ހއ. ކެލާ، އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި މިހާރު ހުންނެވި އަމްޖަދު މުސްތަފާގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 24 އަށް ހަމަވާތީ، ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލި ފުރުސަތުގައި މި ހަތަރު ބޭފުޅުންނާއެކު 10 ބޭފުޅުން ކުރިމަތިލެއްވިއެވެ.
އޭގެ ތެރޭގައި ރައީސްއަށް ފެނުވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަނީ، އައިމިނަތު ޝާދިޔާ މ. ޕިސްތާގެ، އާއި މުއާވިޔަތު މުހައްމަދު މ. ޒޭވަރު، އާއި އަލީމުހައްމަދު މަނިކު ދަފްތަރު ނަންބަރު 1851، އާއި މުހައްމަދު އަހުމަދުފުޅު ބުރެވިމާގެ ޅ. ހިންނަވަރު، އާއި ނިއުމާދު ޝަފީގް މ. މާފުށީގެ، އާއި މުހައްމަދު އިސްމާއިލް މ. ކެލާ، އެވެ.