އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީުގެ މި ދައުރުގެ ތެރޭގަިއ މަޖިލީހުން ކުރަން ހުރި މަސއްކަތްތަކުގެ ތެރޭގައި މަޖިލީހުގެ މި ދައުރަށް ސަރުކާރުން 30 ބިލް ފޮނުވާނެ އެޖެންޑާ 19 އިގެ ހާއްސަ ބިލްތަކުގެ ގޮތުގައި އެމްޑީޕީން 18 ބިލެއް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް، ވިދާޅުވީ، މި ދައުރުގައި މަޖިލީހުގައި ގިނަ މަސައްކަތްތަކެއް އޮތްއިރު، އެމްޑީޕީން މަޖިލީހަށް ހުށަހަޅާ 18 ބިލަކީ، އެޖެންޑާ 19 ގައި ހިމެނޭ ބިލު ތަކުގެ ތެރެއިން ހާއްސަ ބިލްތަކެއް ކަމަށެވެ. އަދި އެމްޑީޕީން ހުށަހަޅާ ބިލްތަކުގެ ކުރު ހުލާސާއެއް މަޖިލީހުގެ އަމީން އާއްމަށާއި ކައުންސެލް ޖެނެރަލްއަށް އަރުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެ ބިލުތައް އުފެއްދުމުގެ މަައްކަތް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބިލުތައް އުފެއްދުމުގައި ބަންޑާރަ ނާއިބާއި ސަރުކާރުގެ އޮފީސް ތަކާއި މުއައްސަސާތަކާ މަޝްވަރާކޮށްގެން އެފަރާތްތަކުގެ ހިޔާލު ހޯއްދެވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.