ޚަބަރު

އުމްރާގެ އަޅުކަމަށްފަހު އިންތިޚާބީ ރައީސް އިބޫ ރާއްޖެ ވަޑައިގެންފި

ޝަހީދާ އަބްދުﷲ ސައީދު

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުމްރާގެ އަޅުކަމަށްފަހު ރޭ މެންދަމު މާލެ ވަޑައިގެންފިއެވެ.

އިބޫގެ މިދަތުރުފުޅުގައި އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު އާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު އަލީ ޝިޔާމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިބޫގެ މިދަތުރުފުުޅުގައި ސައޫދީ އަރަބިއްޔާގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވިއެވެ.

އުމްރާގެ އަޅުކަމަށް އިބޫ ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތީ ރޭ މެންދަމު ދޭއްޖެހި އިރުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން އިބޫ ގައުމުން ބޭރަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.