އަނާރާ ނައީމް

ވާހަކަތައް ބިނާކުރާ އިރު އިތުރަށް ސަމާލުވާން ޖެހޭ: އަނާރާ

1

ވާހަކަތައް ބިނާކުރުމުގައި އިތުރަށް ސަމާލުވާންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެއެވެ.

އަނާރާ މިހެން ވިދާޅުވީ ރާއްޖެ ހަލާކުކުރަނީ ވިޔަފާރިވެރިޔާގެ ފައިސާ އިން ކަމަށް ކަމަށް ރޭ ހއ. ދިއްދޫގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދު އެ ފާހަގަކުރެއްވީ ކޮން ވިޔަފާރިވެރިއެއްގެ ވާހަކަ ކަމެއް އެމަނިކުފާނު ވިދާޅެއްނުވެއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ ގުޅުން ބަދަހިކޮށް ބޭއްވުމަށް ޕާޓީތަކުގެ ލީޑަރުންނާއި އާންމު މެންބަރުން އިސްކަންދޭންޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ކޯލިޝަންގެ ބައެއް މެންބަރުން އަންނަނީ މީސް މީޑިއާގައި އެމަނިކުފާނަށް ފާޑުކިޔަމުންނެވެ. އެމަނިކުފާނުގެ އެފަދަ ވާހަކަފުޅުތަކުން ކޯލިޝަންގެ ގުޅުމަށް ހީނަރުކަން އަންނާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟