ބޮލީވުޑްގެ މެގަސްޓާ އަމީތާބަކީ މީސް މީޑިއާގައި މަޖާ ޕޯސްޓުތައް ގިނައިން ހިއްސާކުރާ އެކްޓަރެކެވެ.
މިފަހަރު އަމީތާބް މިވަނީ 3ޖީ އަދި 4ޖީ ކަނެކްޝަންތަަކަށް ޖޯކް ޖަހާފައެވެ. އެގޮތުން އަމީތާބް ކޮށްފައިވާ ޕޯސްޓުގައި ވަނީ "އަހަރެމެން ކުޑައިރު 3ޖީ، 4ޖީ އަދި 5ޖީއެއްވެސް ނުހުރޭ... ހަމައެކަނި ގުރޫ ޖީ އަދި ޕިތާ ޖީ ހުންނަނީ... ހަމަ ބޭނުންވާއިރަށް ނެޓްވޯކް ހުންނަނީ ލިބިފަ"
އަމީތާބް އެންމެ އަވަހަށް ދެން ފެނިގެން ދާނެ ފިލްމުތަކަކީ "ސައޭ ރާ ނަރަސިމްހާ ރެޑީ"، "ބްރަހްމަސްތްރާ"، "ގުލާބޯ ސިތާބޯ" އަދި "ޗެހްރާ" އިންނެވެ.
މީގެ އިތުރުން އިންޑިއަން ސިނަމާއަށް އަމީތާބް ކޮށްދީފައިވާ ހިދުމަތަށް އޭނާއަށް ވަރަށް އަވަހަށް ދަދާސަހާބް ޕަލްކޭ އެވޯޑް އެރުވިގެންދާނެއެވެ.