ޚަބަރު

އިޓަލީން ހެދި ފްރީ ޑައިވް ރެކޯޑް ރާއްޖެއިން މުގުރާލައިފި

މަރިޔަމް ޝަހުދާ

1

ބައިނަލްއަގްވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ދުނިޔޭގެ ފްރީ ޑައިވިންގްގެ ވޯލްޑް ރެކޯޑް މުގުރާލުމަށް ބޭއްވި ހަރަކާތުގައި އިޓަލީ އިން ހަދާފައިވާ ރިކޯޑު ރާއްޖެއިން މުގުރާލައިފިއެވެ.

މީގެ 10 އަހަރު ކުރިން، 2009 ވަނަ އަހަރު އިޓަލީގެ ވެރޯނާގައި 280 މީހުންނާއެކު ގާއިމްކުރި ފްރީ ޑައިވް ރެކޯޑު މިއަދު ރާއްޖެއިން މުގުރާލާފައިވަނީ ''ނޭވާ''ގެ ނަމުގައި ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައެވެ. ރާއްޖެއިން މި ރެކޯޑް ހެދީ 521 މީހުންނާއެކުއެވެ.

އެގޮތުން ރެކޯޑް ގާއިމްކުރި ހަރަކާތުގައި ބައިވެރިވި ހުރިހާ އެންމެން ވަނީ 30 ސިކުންތަށް ތިން މީޓަރު ފުނަށް ފީނާފައެވެ.

މި ހަރަކާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ފްރީ ޑައިވިންގްގެ ދުނިޔޭގެ ރެކޯޑް ދެ ފަހަރެއްގެ މަތިން ގާއިމް ކޮށްފައިވާ ވިލިއަމް ޓްރޫބްރިޖް ވެސް ބައިވެރިވިއެވެ. އެންމެ ގިނަ މީހުން އެއްވަގުތެއްގައި ފްރީ ޑައިވްކުރި ރެކޯޑާއެކު މިއީ ރާއްޖެއިން ދުނިޔޭގެ ރިކޯޑު ފޮތައް އެރި ފުރަތަމަ ފަހަރެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟