ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މިނިސްޓަރު ޝާހިދު ޗައިނާގެ ފޮރިން މިނިސްޓަރަށް ތަހުނިޔާ ފޮނުއްވައިފި

އާނިފާ ހުސެއިން ސިރާޖް

ޗައިނާގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަޒް ވާންގް ޔީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޗައިނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރު ޝާހިދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ޗައިނާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައްޔިތުންނާއި ސަރުކާރަށް މިނިވަން ދުވަހުގެ ތަހުނިޔާ ދެންނެވިއެވެ.

މިނިސްޓަރު ޝާހިދުގެ މެސެޖުގައި، ވޭތުވެ ދިޔަ އަހަރުތަކުގައިި ޗައިނާއަށް އެކި ގޮތްގޮތުން އައިސްފައިވާ ތަރައްގީ ފާހަގަކުރައްވާފައި ވެއެވެ. ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމުގައި ޗައިނާގެ ރޯލު ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެ އަބަދުވެސް މިފަދަ ކަންކަމުގައި ޗައިނާގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގައެވެ.

ތަރައްގީގައިވެސް ޗައިނާއަކީ ރާއްޖޭގެ ގާތް ބައިވެރިއެއްކަން ފާހަގަކުރައްވައި، މީގެ ދެ ހަފްތު ފަހުން ރާއްޖެއާއި ޗައިނާ އެކީ މަސައްކަތް ކުރާތާ 47 އަހަރު ފާހަގަކުރުން އޮންނާނެ ކަމަށްވެސް މިނިސްޓަރު ޝާހިދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ތަރައްގީ ގެނައުމަށް ޗައިނާއިން ކޮށްދޭ މަސައްކަތަށް ޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައި އެގައުމަށް ސުލްހަވެރި އަދި އުފާފާގަތި މުސްތަގުބަލަކަށް މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވިއެވެ.