ޝަހީދާ އަބްދުﷲ ސައީދު
މާލޭ ސިޓީ ކައުންސިލުގެ ވިލިމާލޭ ސެކްޝަންގެ އޮފީހަށް ގެއްލުންދީ، އެތަނުގެ ތިޖޫރި ފަޅައިލަން ބަޔަކު މަސައްކަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މާލޭ ސިޓީ ކައުންސިލުގެ ވިލިމާލޭ ސެކްޝަންގެ އޮފީހުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުގެ ތިޖޫރި ފަޅައިލާފައިވާ ކަމަުގެ މައުލޫމާތު ރޭ ފަތިހު 5:20 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އޮފީހުން އެއްވެސް ފައިސާއެއް އަދި އެއްވެސް އެއްޗެއް ވަގަށް ނަގާފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ ތިޖޫރީ ހަލާކުކޮށްލަން މަސައްކަތްކޮށްފައި ވީ ނަމަވެސް، ތިޖޫރި ހުޅުވާފައި ނުވާކަމަށެވެ.
އެމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.