ޚަބަރު

ބްރިޖަށް 3.2 ބިލިއަން ޑޮލަރު ހަރަަދުވި ގޮތެއް ބަލަން ބޭނުން: ރައީސް ނަޝީދު

އަހުމަދު ޖައިޝަން

1

މާލެ އާއި ހުޅުމާލޭ ގުޅުވައިލުމަށް އަޅާފައިވާާ ސިނަމާލެ ބްރިޖު ހެދުމުގެ މަސައްކަތަށް 3.2 ބިލިއަން ޑޮލަރު ހަރަދުވި ގޮތް ބައްލަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. ދިއްދޫ ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޗައިނާގެ ބޭންކުތަކުންނާއި އެކި ގޮތްގޮތުން ރާއްޖެ ވަނީ 3.2 ބިލިއަން ޑޮލަރަށްވުރެ މަތީ އަދަދަކުން ދަރާފައިވާ ކަމަށް ޗައިނާގެ ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ބަލަން ބޭނުން އެބުނާ 3.2 ބިލިއަން ޑޮލަރު ހަރަދުވެފައި އޮތީ ކޮން ތަނެއްގައި ކަން. ބްރިޖުގެ ކޮންކްރީޓްގެ އަދަދު އިނގޭ އަޅުގަނޑުމެނަށް. ދަގަނޑުގެ އަގު، ދަގަނޑުގެ މިންވަރު އަޅުގަނޑުމެންނަށް އެނގޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ "މިނައި ކިރައިގެން" އަނބުރައިގެން ދެވޭނީ ލިބިފައިވާ އެއްޗެއް ކަމަށެވެ. އެ ދަރަނި އަދާކުރުމުގައި އިތުރު ވިސްނުމެއް ހޯދޭނެ ކަމަށާއި ނުލިބޭ ފައިސާއެއް ނުދެއްކޭނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ދަރަނި ފައިސާ ދައްކަން ޖެހޭނީ ހުރިހާ އެންމެން ވެގެން ކަމަށެވެ.

"އެފައިސާ ދައްކަން މިޖެެހެނީ ތިބޭފުޅުން މަހަށް ގޮސްގެން. އެފައިސާ ދައްކާން މިޖެހެނީ ތިބޭފުޅުން ދަނޑުވެރިކަން ކޮށްގެން އެފައިސާ ދައްކާން މިޖެހެނީ ތިބޭފުޅުން ރިޒޯޓްތަކުގައި މަސައްކަތް ކޮށްގެން. އެފައިސާ ދައްކާނެ އެހެން ބަޔަކު ނުހޯދޭނެ. އެފައިސާ ދައްކާން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟