އަލިފާނުގެ ހާދިސާ

ތެޔޮ ބައުޒަރާއި ލޯންޗު ރޯވި ހާދިސާ: ފަސް މީހަކަށް އައިޖީއެމްގައި ފަރުވާދެނީ، އެކެއްގެ ހާލު ސީރިއަސް

ޝަހީދާ އަބްދުﷲ ސައީދު

މާލޭގެ ޓީ ޖެޓީ ސަރަހައްދުގައި ލޯންޗަކާއި ތެޔޮ ބަރުޒަރެއްގައި ރޯވެ އަނދަމުންދާ ހާދިސާގައި ފިހިގެން ފަސް މީހަކު އައިޖީއެމްއެޗަށް ގެންގޮސ ފަރުވާ ދޭން ފަށައިފި އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އޭގެން އެކަކު ވަނީ ވަރަށް ބޮޑަސް ފިހިފަ އެވެ.

އައިޖީއެމްއެޗުން ވަން އަށް މައުލޫމާތު ދެމުން ދާދި ދެންމެ ބުނީ ފިހިގެން އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ އަދަދު ފަހަކަށް ވުރެ ގިނަ ވާނެ ކަމަށެވެ.

"މީގެ 10 ވަރަކަށް މިނެޓު ކުރީން ގެނެސްފި. ހަމަ ގައިމުވެސް ފަހަކަށް ވުރެ ގިނަ ވާނެ. އެމީހުންގެ ހާލަތާ ގުޅޭ ގޮތުން މި ވަގުތު އެއްޗެއް ބުނަން ދަތި." އައިޖީއެމްއެޗުން ވިދާޅުވި އެވެ.

ތަފްސީލު އަންނަނީ