މިމަހުގެ 20 ވަނަ ދުވަހު މާލޭ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ އެހީތެރިކަމަށް އެދި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޖުމުލަ 786 މީހުން ވަނީ ރަޖިސްޓްރީވެފައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އަލިފާނުގެ ހާދިސާގައި އެހީތެރިކަމަށް އެދި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންގެ ތަފްސީލު ބަޔާންކޮށް އެންޑީއެމްއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެހީތެރިކަމަށް އެދި ޖުމްލަ 450 ފިރިހެނުންނާއި 336 އަންހެނުން އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.
ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރޭގައި 636 ދިވެހިންނާއި، ބަނގުލަދޭޝްގެ 104 މީހުންނާއި، އިންޑިއާގެ 19 މީހުންނާއި، ނޭޕާލްގެ 16 މީހުންނާއި، ސްރީލަންކާގެ 14 މީހުންނާއި، ފިލިޕީންސްގެ ހަ މީހެއްގެ އިތުރުން މިސްރުގެ އެކަކު ހިމެނޭ ކަމަށް ވެސް ޑިޒާސްޓާ މެނޭޖްމެންޓުން މައުލޫމާތުދެއެވެ.
ހ. ތިލަފުށި ގޭގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަތަރު ގުދަނަކާއި ހަ ގެއަކަށް ބޮޑެތި ގެއްލުންތައް ލިބި އެކަކު ވަނީ ނިޔާވެފައެވެ.