އިބްރާހިމް ޒަކީ
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް، އެއްގަޑިއިރު ބަހުސް ކުރުމަށްފަހު ވޯޓަށް އަހަން މި ބިލުގެ މަސައްކަތް ނިންމުމަށް ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ނިންމައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ބިލުގެ ބަހުސް ކުރިއަށް ގެންދާނީ އެއްގަޑިއިރަށް ކަމަށެވެ.
މަޖިލީޖހުގެ އާއްމު އުސޫލަކީ މަޖިލީހުގެ ތަޅުމުގައި ކަންތައްތަކަށް ވޯޓަށް އެހުން އޮންނަނީ 1:30 ގައި ނަމަވެސް މިއަދުގެ ޖަލްސާގައި ބިލަށް ބަހުސްކޮށް ނިމޭހިސާބުން ވޯޓަށް އައްސަވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މި ބިލަށް ނުވަ އިސްލާހެއް މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށާއި، މުޅި ބިލަށް ވޯޓަށް އައްސަވާނީ އެ އިސްލާހުތަކަށް ވޯޓަށް އެއްސެވުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އެހެންކަމުން އެންމެ ލަސްވެގެން 11:05 ގައި ބިލަށް ވޯޓަށް އެހޭ ވަރުވާނެ ކަމަށެވެ.
މި ބިލަށް ބަހުސް ކުރުމަށް ވަގުތު ދެއްވާފައިވަނީ، އެމްޑީޕީއަށް 36މިނިސްޓާއި ހަތް ސިކުން، ޖޫމްހޫރީ ޕާޓީ އާއި ޕީޕީއެމްއަށް ފަސް މިިނިޓާއި ފަސް ސިކުންތު، ޕީއެންސީއަށް ހަތަރު މިނިޓާއި ތިން ސިލުންތު އެމްޑީއޭއަށް ތިން މިިނެޓާއި ބައްތިރީސް މިނިޓް، އަދި އަމިއްލަ މެންބަރުންނަށް، ފަންސާސް ދެ ސިކުންތެވެ.
މި ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި މަޖިލީހަށް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މި ބިލު ދިރާސާ ކުރުމަށް ކޮމިޓީން ނުވަ ބައްދަލުވުމެއް ބޭއްވި ކަމަށާއި، ކޮމިޓީގެ މަޝްވަރާތަކުގައި އާއްމުންގެ ހިޔާލާއި ކަމާގުޅުންހުރި ހުރިހާ މުއައްސަސާއެއްގެ ހިޔާލާއި މަޝްވަރާ ހޯއްދެވި ކަމަށެވެ.