ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް ވަޑައިގެންނެވި ގޮތަށް ރައީސް ސޯލިހު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް

އާނިފާ ހުސެއިން ސިރާޖް

އަބަދަށްފެހި މަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ޒިޔާރަތްކުރައްވައި އެސަރަހައްދު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތަކީ މިމަހުގެ 20 ވަނަ ދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އދ ގެ އާންމު މަޖިލީހުގައި ތަގްރީރުކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ފުރަތަމަ ޒިޔާރަތްކުރެއްވީ އަބަދަށް ފެހިމަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ހ. ތިލަފުށި ގޭގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ހަތަރު ގުދަނަކާއި ހަ ގެއަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި އެކަކު ނިޔާވެ، ގާތްގަނޑަކަށް 400އެއްހާ މީހުންގެ މި ހާދިސާގައި ހާލުގައި ޖެހުނެވެ.