ޚަބަރު

ވަގަށް ނެގި ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން ވަގަށް ނެގި އިތުރު އެއްޗެހިތަކެއް

ވަގަށް ނަގާފައިވާ ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނުތަކެއް ފެނުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ގަލޮޅު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރި އެ މީހާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން ފޯނާއި އެކްސްޓާނަލް ހާޑެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ.

މީގެ އިތުރުން މިއަދު އިތުރު ވައްކަމެއް ކޮށްގެން އުޅުނު ދެ މީހަކު ވެސް ގަލޮޅު ފުލުހުން ވަނީ އަތުލައިގެންފައެވެ.

ފުލުހުން ބުނީ، މިއަދު 2:26 ހާއިރު މަގުމަތި ޕެޓްރޯލް ކުރިއިރު ޝައްކުކުރެވޭ ދެ މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮމްޕިއުޓަރު ސިސްޓަމަކާއި ޕްރިންޓަރެއް ހޯދާފައިވާ ކަމަށެވެ. އަދި އެ ދެ މީހުން މިހާރު ހައްޔަރުކޮށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.