ޚަބަރު

ފަތުރުވެރިންނަށް އެހީވުމަށް "ޓުއަރިސްޓް ޕޮލިސް ހެލްޕް ޑެސްކް" ގާއިމު ކޮށްފި

ފަތޯނާ ފާއިޒު

ބައިނަލްއަގްވާމީ ފަތުރުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ޓުއަރިސްޓް ޕޮލިސް ހެލްޕް ޑެލްކް" އިފްތިތާހް ކޮށްފިއެެވެ.

ޓުއަރިސްޓް ޕޮލިސް ހެލްޕް ޑެސްކް އިފްތިތާހު ކޮށްފައިވަނީ އިއްޔެ ހުޅުލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފަތުރުވެރިންނާ އާންމުންނަށް ހާއްސަ ކޮށްގެން މޫދު ކުޅިވަރުތަކާއި، އިތުރު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހިދުމަތަކީ ފަތުރުވެރިން އެންމެ ގިނައިން ޒިޔާރާތް ކުރާ ސަރަހައްދުތަކުގައި ނުވަތަ ފަތުރުވެރިންނާ ގުޅޭ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގައި ޓުއަރިސްޓް ޕޮލިސްގެ މޮބައިލް ޑެސްކެއްގެ ގޮތުގައި ހެލްޕް ޑެސްކެއް ބަހައްޓައިގެން ޓުއަރިސްޓް ޕޮލިހުން ފަތުރުވެރިންނާ އެންމެ ގާތުން މަސައްކަތް ކުރުމަށްޓަކައި ދިމާވާ ކަންކަމުގައި އޯގާތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ތައާރަފު ކުރި ހިދުމަތެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ފަތުރުވެރިންނަށް އަމާން، އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކާ އާންމު ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަކީ ޓުއަރިސްޓް ޕޮލިސް ހެލްޕް ޑެސްކް ގާއިމު ކުރުމުގެ މަގްސަދެއް ކަމަށެވެ.

ފުލުހުން މިއަދު ކުރި ޓްވީޓް