މިނިސްޓަރު އަހުމަދު މަޙުލޫފް

ސޯޝަލް މީޑިއާ މެދުވެރިކޮށް މަހުލޫފާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ސޯޝަލް މީޑިއާ މެދުވެރިކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި ޔޫތު މިނިސްޓްރީގެ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ބައެއް ޝަކުވާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މަހަކު އެއްފަހަރު އޮންލައިން ސެޝަނެއް ކުރިއަށްގެންދާނެ ކަމަށާއި އެގޮތުން އޭގެ ފުރަތަމަ ސެޝަން ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފާ ސުވާލުކުރުމަށް ސޯޝަލް މީޑިއާގައި ބޭނުންކުރަން ޖެހޭނީ AharengeSuvaalu# ހޭޝްޓެގެވެ.