ޚަބަރު

ރައީސް މައުމޫނާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ބައްދަލުކުރައްވައިފިއެވެ.

ރައީސް މައުމޫނާއި ކާނަލް ނާޒިމް މެލޭޝިއާގައި ބައްދަލުކުރައްވާފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ބައްދަލުވުމުގައި ރައީސް މައުމޫންގެ އަަނބިކަނބަލުން ނަސްރީނާ އިބްރާހީމް އާއި ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލްމަޖީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް މައުމޫން ބޭސްފަރުވާއަށް މެލޭޝިއާއަށް ވަޑައިގަތީ މިދިޔަ މަހުއެވެ. އެމަނިކުފާނާއެކު ނަސްރީނާގެ އިތުރުން އެމަނިކުފާނުގެ ދެ ދަރިކަނބަލުން ދުންޔާ އާއި ޔުމްނާ މައުމޫންވެސް ވަނީ މެލޭޝިއާއަށް ވަޑައިގެންފަ އެވެ.

ކާނަލް ނާޒިމް މެލޭޝިއާއަށް ވަޑައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުުއެވެ.