ބަނގުރާ ފުޅި ތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:50 ހާއިރު ހުޅުމާލެ ލަކުޑި ޖެޓީއަށް ކައިރި ކުރި ޑިންގީއަކުން ގެނައި އެއްޗިހިތަކެއް ފުލުހުންނަށް ޝައްކު ކުރެވިގެން ދެ މީހަކު ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ ހަ ފުޅި ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ އަދި 42 ދެ އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ 9:20 ހާއިރު ހެންވޭރު ފަޅަށް ހުރި ގެއަކުން 12 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.