ޚަބަރު

ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެންފި

އަހުމަދު ޖައިޝަން

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ.

އެމްޑީޕީގެ ބޮޑު ތަރުހީބެއް އޮންނަ ދިއްދޫއިން ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދިއްދޫގެ ކުދިބޮޑު އެކި އުމުރުފުރާގެ ރައްޔިތުން ވަނީ ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

ރާއްޖެއިން ބޭރުގައި ތިން އަހަރު ހޭދަކުރެއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. އަދި އެއަށްފަަހު އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަތުރުފުޅު ކުރައްވާފައިވަނީ އައްޑޫ ސިޓީއަށެވެ.

އައްޑޫ ސިޓީގައި އެމަނިކުފާނުގެ އޮފީސް ހުޅުއްވައި އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ނަޝީދު އެނބުރި މާލެއަށް ވަޑައިގެންނެވީ ރޭގައެވެ.

ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ދިއްދޫގެ އިތުރުން އެހެންް ރަށްތަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެ ރަށްތަކުގެ ތަފްސީލެއް ނުލިބެއެވެ.