ޚަބަރު

އިންޑިއާގައި ބާއްވާ ފުރަތަމަ ޑައިވިން އެކްސްޕޯގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދު

އަންނަ މަހު އިންޑިއާގެ މުމްބާއީގައި ބާއްވާ އެގައުމުގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ޑައިވިން އެކްސްޕޯގެ ޝަރަފުވެރި މެހެމާނަކަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސައިފިިއެވެ.

"އެޑެކްސް އިންޑިއާ އޯޝަން ފެސްޓިވަލް"ގެ ނަމުގައި ބާއްވާ އެ އެކްސްޕޯ އޮންނާނީ އަންނަ މަހުގެ ހަތަރަކުން ހަވަނަ ދުވަހަށް ބޮމްބޭ އެގްޒިބިޝަން ސެންޓަރުގައެވެ.

މި އެކްސްޕޯގައި ދުނިޔޭގެ ގިނަ ޑައިވިން އިންޑަސްޓްރީ ބްރޭންޑްތަކާއި މަންޒިލްތަކުން ބައިވެރިވާނެއެވެ. އަދި އެފަދަ ތަންތަން ހިނގާ ތަންތަނުގެ އިސްވެރިންނާއި މަޝްހޫރު ޑައިވަރުން ވެސް ތަހުގީގު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެ އެކްސްޕޯގައި ރާއްޖޭގައި ޑައިވިން އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ނަން ވިދަމުން އަންނަ ތަޖުރިބާކާރު ދެ އަންހެނުން ކަމުގައިވާ ޒޫނާ ނަސީމާއި ޝާހީނާ އަލީ ވެސް ތަގުރީރު ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ.