ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހި ގައުމިއްޔަތުގެ ދިފާއުގައި ބޮޑުތަކުރުފާނު ކުރެއްވި އަގުހުރި މަސައްކަތް ހަނދާން ކުރަން: އިންތިޚާބީ ރައީސް

ދިވެހި ގައުމިއްޔަތާއި މިނިވަންކަމުގެ ދިފާއުގައި ބޮޑުތަކުރުފާނު ކުރެއްވި އަގުހުރި މަސައްކަތް މިއަދު ހަނދާންކުރައްވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިންތިޚާބީ ރައީސް އިބޫ މިހެން ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަސް ކަމަށް ވާތީ، ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

އަންނަން އޮތް ޖީލު ތަކަށް މި ރާއްޖެ ވާސިލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ގައުމީ ދުވަހުގެ މުނާސަބާގައި އިބޫ ކުރެއްވި ޓުުވީޓުގައި ވަނީ ވިދާޅުވެފަ އެވެ.

"ގައުމީ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރަން." އިބޫގެ މެސެޖު ނިންމަވައިލައްވަމުން ވިދާޅުވެފައިވެ އެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ އިންތިޚާބީ ރައީސް ދިވެހި ރައްޔިތުންނަށް ފޮނުއްވި އިރު މި ވަގުތު އެމަނިކުފާނު ހުންނެވީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ޓަކައި ވަޑައިގެން ސައުދީގަ އެވެ. އަދި މިހާރު އެމަނިކުފާނު ވަނީ އުމްރާގެ އަޅުކަން ފުރިހަމަކުރައްވައިފަ އެވެ.