ޚަބަރު

ޕާކިސްތާނަށް އައި ބިންހެލުމާ ގުޅިގެން ފޮރިން މިނިސްޓަރު ތައުޒިޔާ ވިދާޅުވެއްޖެ

ފަތޯނާ ފާއިޒު

ޕާކިސްތާނަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކާ ގުޅިގެން އެގައުމުގެ ފޮރިން މިނިސްޓަރު މަހްދޫމް ޝާހު މަހުމޫދު ގުރޭޝީއަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނުގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވެ އަދި އިމާރާތްތަކަށް ގެއްލުންތައް ލިބުނު ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމަޔާއިއެކުގައި ކަމަށެވެ. އަދި މި ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އިއްޔެ ހަވީރު ޕާކިސްތުނުގެ މިރްޕޫރު ސިޓީ ކައިރިއަށް 5.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން 37 މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.