ސިނަމާލެ ބްރިޖް

ސިނަމާލެ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހަކާއި ކުއްޖަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކާއި ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 17 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ ފިރިހެނަކަށެވެ.

އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ފަހުން އެ ދެ މީހުން ވެސް އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައިން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް ހުޅުލޭ ކައިރިން ދެ ލޭން ވަކިކުރަން ފެންސް ޖަހާފައިވާ ހިސާބުން ވަން ވޭއާ އިދިކޮޅަށް މާލެއިން ހުޅުމާލެއަށް ދާ ލޭނުން ދުއްވާފައި ދަނިކޮށް، ކަހާލައިގެން ވެއްޓިގެން ކަމަށެވެ.