ޚަބަރު

މިނިސްޓަރ ޝާހިދު، އިންޑޮނޭޝިއާގެ ނައިބު ރައީސް އަދި ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް، އިންޑޮނޭޝިއާގެ ނައިބު ރައީސް ޖޫސުފް ކާއްލާ އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު ރެތްނޯ މަރުސުދީ އާ ބައްދަލުކުރައްވައިފިއެވެ.

އިންޑޮނޭޝިއާގެ ނައިބު ރައީސް އަދި ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށްފަހު ފޮރިން މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރެވެން ހުރި ދާއިރާތަކާއި އެހެން ގައުމުތަކާއި އެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމުގައެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ މިހާރު ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގެ ތެރެއިންނެވެ.

އދ. ގެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހުން އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިއްޔެ ވަނީ ތަގުރީރު ކުރައްވާފައެވެ.