ޚަބަރު

"ހެޔޮހިތުން ދިވެހި ފަންނާނުން" ގެ ނަމުގައި ފަންޑު ރައިސިންގް ޝޯއެއް މާދަމާ

އާނިފާ ހުސެއިން ސިރާޖް

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް "ހެޔޮހިތުން ދިވެހި ފަންނާނުން" ގެ ނަމުގައި ފަންޑް ރައިސިންގް ޝޯއެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

މާދަމާގެ ހަވީރު 3:30 އިން ދަންވަރު 3:30 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ޝޯއަށް ވަންނަން ދައްކަން ޖެހޭނީ އެންމެ 20 ރުފިޔާ އެވެ.

12 ގަޑިއިރަށް ދެމިގެންދާ މި ޝޯގައި 200 އަށް ވުރެ ގިން އާރްޓިސްޓުން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓް އަދި އެމްއެންޑީއެފްގެ ފަރާތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

މިދިޔަ ހުކުރު ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނާއި ހަ ގެއަަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ. އަދި 400 އަށްވުރެ ގިނަ މީހުން މި ހާދިސާގައި ހާލުގައި ޖެހިފައިވާރު، ތ.ބުރުނި ފެންފިޔާޒުގެ އައިޝަތު ޝައުނާ ވަނީ މި ހާދިސާގައި ނިޔާވެފައެވެ.