މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހެއް ފުލުހުން ހޯދައިފިއެވެ.
ހޯމަ ދުވަހު 17:15 ހާއިރު މ.ކޮޅުފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި މީހާ ފިލާފައިވަނީ އިއްޔެ އެވެ. 39 އަހަރުގެ މި ފިރިހެން މީހާ ފިލުމުން ފުލުހުން އޭނާ ހޯދުމަށް ކުރި މަސައްކަތުން އިއްޔެ 17:30 ހާއިރު އޭނަ ވަނީ ހޯދާ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއްސައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޭނާ ދިރިއުޅޭ ގެއިންނެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.