މޫސުމް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދަށެވެ.

މެޓު އޮފީހުން މައުލޫމާތުދޭ ގޮތުގައި މިރޭ 9:30 އިން ފެށިގެން މެންދަމު 1:30 އާ ދެމެދު ބޯކޮށް ވާރޭ ވެހުމާއެކު އާންމު ގޮތެއްގައި 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ.

މެޓް އޮފީހުން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދަށް ވެސް ޔެލޯ އެލާޓް ނެރެފައެވެ.