ޚަބަރު

ބަޑިބޭސް ގެންގުޅުނު މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފި

ބަޑިބޭސްތަކެއް ގެންގުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އިއްޔެ 3:50 ހާއިރު ފަރީދީ ގޯޅި ހިލާލީގެ ކައިރީގައި ހުރި 37 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަޑިބޭސް ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ފަޓާސް އަދި ބަޑި ބޭހުގެ ބާވަތްތައް ރާއްޖެ އެތެރެކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން، ހާއްސަ ބޭނުންތަކަށެވެ.