ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ރައީސް މައުމޫނު ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ކުރީގެ ރައީސް، އަލް އުސްތާޒް މައުމޫނު އަބްދުލް ގައްޔޫމް ރާއްޖޭގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި، އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އާ އެކު، މި ވަގުތު މެލޭޝިއާގައި ހުންނެވި ރައީސް މައުމޫނު ގައުމީ ދުވަހުގެ ތަހުނުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވީ އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.

"ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ތަހްނިޔާ އާއި މުބާރަކްބާދީ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވަން. މާތްﷲ ދިވެހި ޤައުމުގެ މިނިވަންކަމާއި ދިވެހިވަންތަކަން ރައްކާތެރިކުރައްވާށި. އާމީން." ރައީސް މައުމޫނުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ރައީސް މައުމޫނު ފާހަގަކުރެވިފައި ވަނީ އެމަނިކުފާނުގެ ޒައާމަތުގައި އިސްލާމްދީނުގެ އަސާސް ތަކާއި ދިވެހި ގައުމިއްޔަތު ކުރިއަރުވައި ނަގަހައްޓަން ޚާއްސަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެ ގޮތުން ދީނީ އަދި ގައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަ ގިނަ ދުވަސްތައް ރަސްމީގޮތުން ފާހަގަކުރަން ފަށާފައި ވަނީ ރައީސް މައުމޫނުގެ 30 އަހަރުގެ ޒައާމަތުގެ ތެރޭގަ އެވެ.