ޚަބަރު

ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު ބިދޭސީ އަންހެނަކު ހުއްޓުވައިފި

ފަތޯނާ ފާއިޒު

ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ބިދޭސީ އަންހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އެ މީހާ ހިފަހައްޓާފައިވަނީ އިއްޔެގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ، އެފަދަ މައްސަލަތަކަކީ ބަލަމުން އަންނަ، ބޮޑެތި މައްސަލައަށްވާތީ، އިތުރު މައުލޫމާތު ނުދެވޭނެ ކަމަށެވެ.

އިމިގްރޭޝަނުން ހިއްސާކުރި ހުއްޓުވި މީހާގެ ފޮޓޯގައި ފެންނަނީ ބުރުގާ އަޅައިގެންހުރި ޒުވާން އުމުރުގެ އަންހެނެކެވެ.

ފަހަކަށް އައިސް ވަގު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައްސަލަތައް އިމިގްރޭޝަނުން އާންމުކުރާ މިންވަރުވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވެސް ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓާފައިވާއިރު، މިމަހުގެ އަށް ވަނަ ދުވަހާއި ވަނަ ދުވަހު ވެސް ދެ މީހަކު ހުއްޓުވައިފައިވެއެވެ.