މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ހދ. ހަނިމާދޫ ބަނދަރު އަޕްގުރޭޑް ކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީއޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާއިން ބުނީ މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 57.1 މިލިއަން ރުފިޔާއަށް ބަޖެޓުކޮށް 425 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 355 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ހެދުން 270 މީޓަރުގެ އެއްގަމު ތޮށި ހެދުން، ދެ ނެރުބައްތި ޖެހުން، 20 ބަނދަރު ބައްތި ޖެހުން، އެއް ރޭމްޕް ހެދުން، 2583 ސްކެއަރ މީޓަރުގެ ޕޭވްމެންޓް ހެދުން، 10 މޫރިންގް ބްލޮކް ހެދުން، 90 މީޓަރު ގުރޯއިން ހެދުމާއި 50 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން 53،522 ކިއުބް މީޓަރަށް ބަނދަރު ފުންކުރުމާއި 31،575 މީޓަރަށް ނެރު ފުންކުރުންވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށް ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއަދު ޕްލޭނިންގް މިނިސްޓްރީގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގަައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އަދި އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެއްވީ ސިއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.