ކަސްޓަމްގެ ބޮންޑެޑް ވެއަރ ހައުސިންގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ކަސްޓަމްސްއިން ބުނީ ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި މިތަކެތި ނައްތާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމުގައެވެ.
އެގޮތުން 4242 ބަނގުރާ ފުޅި އާއި، 7784 ބަނގުރާ ޕެކެޓުގެ އިތުރުން، ފަސް ކިލޯ ގުރާމް ކެގް ގެ ބަނގުރާ ނައްތާލާފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
މި ތަކެއްޗަކީ ކަސްޓަމުގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކަސްޓަމުން ނައްތާލަމުގައި އަމަލުކުރާ އަުސޫލުގެ ދަށުން ނައްތާލި ތަކެތި ކަމުގައިވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.