ޚަބަރު

ބަލިވެ އިން ކަމަށް ބުނާ ކުއްޖެއް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައެއް ނުވޭ: ޖެންޑާ

މަރިޔަމް ޝަހުދާ

ބަލިވެ އިން ކަމަށް ބުނާ ކުއްޖެއް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސް އިން ބުނެފިއެވެ.

ބަލިވެ އިން 17 އަހަރުގެ އަންހެން ކުއްޖަކު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށް ޖެންޑާއިން ބުނެފައިވަނީ މީޑިއާތަކުގައި އެފަދަ ހަބަރެއް ފެތުރުމާ ގުޅިގެންނެވެ. ޖެންޑާ އިން މިކަމާ ގުޅިގެން ބުނެފައިވަނީ މި އަންހެން ކުއްޖާގެ ކަންތައްތައް އާއިލާއާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ކަމާބެހޭ އެހެނިހެން އިދާރާތަކުގެ އެހީ ހޯދަމުން އަންނަ ކަމަށް ޖެންޑާއިން ބުނެއެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ޖެންޑާއިން ހިއްސާއެއް ނުކުރެއެވެ.

މި މައްސަލައިގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ވުމުން ޖެންޑާއިން ވަނީ އެ ކުއްޖާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް މީޑިއާގައި ހިއްސާ ނުކުރަން އެދިފައެވެ.