ވައްކަމާއި ފޭރުން

މަޑުއްވަރި ގެއަކުން 128،000 ރުފިޔާ ވަގަށް ނަގައިފި

މަރިޔަމް ޝަހުދާ

މ.މަޑުއްވަރި ގެއަކުން 128،000 ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ވައްކަމުގެ ރިޕޯޓު ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން ފުލުހުން ކުރި މަސައްކަތުން ހުކުރު ދުވަހު 16:43 ހާއިރު ވަގަށް ނެގި ކަމަށް ރިޕޯޓު ލިބުނު ފައިސާގެ ބައެއް ހޯދުނުކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް ހޯދިފައިވަނީ ގެއްލުނު ފައިސާގެ ތެރެއިން 98،820 ރުފިޔާ އެވެ.

މި މަސަލައިގައި ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ނުފެނި ހުރި ފައިސާތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.