މަގުމަތީގެ އެކްސިޑެންޓް

ބުރިޖުން އެއާޕޯޓަށް ދާން އޮންނަ މަގުގައި އެކްސިޑެންޓެއް ހިނގައިފި، މީހަކަށް އަނިޔާއެއް ނުވޭ

ސިނަމާލޭ ބުރިޖުން އެއާޕޯޓަށް ދާން އޮންނަ މަގުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށާއި އެ އެކްސިޑެންޓުގައި ގެއްލުންވެފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ވެހިކަލަކަށް ކަމަށެވެ.

އެ އެކްސިޑެންޓް ހިނގީ އެއާޕޯޓަށް ދާން އޮންނަ މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އެމްއޭސީއެލްގެ ވެހިކަލެއްގެ ކުރިމަތިން އައި ޓެކްސީއަކުން ނެއްޓެން އުޅުމުގެ ތެރޭގައި ވެހިކަލް ކޮންޓްރޯލް ނުވެ ގޮސް، އެއާޕޯޓް މަގުގައި ހުރި ފެންސްގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ވެހިކަލަށް ގެއްލުން ލިބުނު ނަމަވެސް، މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.