ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ހިސާބުތަކުގެ ކަނޑުތައް ގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުނުް ބުންޏެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ޚާއްސަކޮށް މެދުތެރެއާއި ދެކުނު އަތޮޅުތަކުގައި މަޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޯކޮށް ވާރޭވެކި ވަޔާއެކު ކަނޑޫ ގަދަވާނެތީ، މެޓް އޮފީހުން ވަނީ ޅ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައެވެ.
މެދުރާއްޖެތެރެއަށް ވިގުތު ޔެލޯ އެލަރޓް ނެރެފައިވާތީ، އަތޮޅުތެރެ އާއި މާލޭގެ ރައްޔިތުން ފެންބޮޑުވުމުގެ ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނެޖްމެންޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.