ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ އެވެ.
އިއްޔެ ހަވީރުން ފެށިގެން ތުނުރުނިކޮށް، ދޭތެރެ ދޭތެރެއިން މާލެއަށް ވާރޭ ވެހެމުންދިޔަ ނަމަވެސް ރޭ އެކެއްޖަހާއިރުން ފެށިގެން ބޯކޮށް ވާރޭ ވެހެންފެށިގޮތަށް ހުއްޓައިނުލައި މިހާރުވެސް ވާރޭ ވެހެމުން އެބަދެއެވެ.
މިހާދިސާގައި އައިޖީއެމްއެޗާ ދިމާލުން ފެންބޮޑުވުމުގެ ސަބަބުން އެ ހޮސްޕިޓަލަށާއި އެ ހިސާބު ބައެއް ގޭގެއަށް ވަނީ ފެންވަދެފައެވެ.
އަދި އެސްޓީއޯ ހީމް އިމްޕްރޫވްމެންޓާ ދިމާލުންނާއި ކަލާފާނު ސްކޫލާ ދިމާ ސަރަހައްދުގައި ފެންބޮޑުވެ އެ ދިމާތަކުގެ ބައެއް ގެނަތަކަށްވެސް ވަނީ ފެންވަދެފައެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގު ތަކުގައި ފެން ބޮޑުވެގެން އުޅޭކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި ކަމަށެވެ.
މިވަގުތު ޕަމްޕް ބޭނުންކޮށްގެން ފެންހިއްކަމުންދަނީ އައިޖީއެމްއެޗް ކައިރީގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.