މިރޭ އަލިފާން ރޯވެގެން އިތުރު ގެތަކަށް ފެރުނު ހާދިސާގައި ފުރަތަމަ އަލިފާން ރޯވި ގުދަނަކީ، ހ.ފެހި އާބާދު ނޫން ކަމަށާއި އެއީ ހ. ތިލަފުށިގެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މިރޭ 7:25 ހާއިރު އަލިފާން ރޯވި ގުދަނަކީ، ހ.ފެހި އާބާދުގެ ކަމަށް ނޯޓު ކުރެވިފައި ވަނީ އަލިފާން ރޯވެގެން ރިޕޯޓްކުރި އިރު ކޯލް ކުރި ފަރާތުން ދީފައިވާ އެޑްރެސްކަމުންނެވެ.
"ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އިތުރު ތަންތަނަށް ފެތުރުނީ ހ.ފެހި އާބާދުގެ ކަމަށް ނޯޓު ކުރެވިފައި ވަނީ އަލިފާން ރޯވެގެން ރިޕޯޓްކުރިއިރު ކޯލްކުރި ފަރާތުން ދީފައިވާ އެޑްރެސްކަމަށް ވުމުން،" އެމްއެންޑީްއެފުން ބުންޏެވެ.
މިރޭ 7:25 އިން ފެށިގެން ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ މުޅި ސަރަހައްދަށް ފެތުރި އެ ގެއާ އިންވެގެން ހުރި އިތުރު ގެތަކެއްގައި ރޯވިއެވެ.
މި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ 300 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ތ. ބުރިނިއަށް ނިސްބަތްވާ 49 އަހަރުގެ އާއިޝަތު ޝައުނާކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޝައުނާ ނިޔާވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ނުނިކުމެވި އެތަނުގެ ތެރޭގައި ވަރަށް ބޮޑަށް ފިހިގެންނެވެ.