ހ. ފެހިއާބާދު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ އާއިޝަތު ޝައުނާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެފައިވާ ކަމަށެވެ. ނަމަވެސް ނިޔާވެފައިވޭ މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނިޔާވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ތ. ބުރިނިއަށް ނިސްބަތްވާ 49 އަހަރުގެ އާއިޝަތު ޝައުނާކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޝައުނާ ނިޔާވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ތެރޭ ވަރަށް ބޮޑަށް ފިހިފައި އޮއްވައެވެ.
ތަފްސީލް އަންނަނީ...