ހެންވޭރު ފެހިއާބާދުގައި އަލިފާން ރޯވެ އެ ސަރަހައްދުގައި ހުރި ބައެއް ގެތަމުގައި ރޯވުމުގެ ސަބަބުން، އަލިފާނުގެ އަސަރުކޮށްފައިވާ ގެތަކުގެ މީހުން ވަގުތީގޮތުން ކަލާފާނު ސުކޫލަށް ބަދަލުކުރަމުން އެބަދެއެވެ.
ނޭޝަނަލް ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނީ އަލިފާނުގެ އަސަރުކޮށް ފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ތަނެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން ހުރިހާ އާއިލާތަކުން ކަލާފާނު ސްކޫލަށް ދިއުމަށް އިރުޝާދު ދެއްވާ ކަމުގައެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއިން ބުނީ ކަލާފާނު ސުކޫލުގަ އާއި އޭޑިކޭ ހޮސްޕިޓަލުގައިވެސް އަލިފާނުފެ ހާދިސާގައި، އަސަރުކުރި ފަރާތްތަކަށް އެހީތެރިވުމަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އަލިފާންރޯވި ހ. ފެހިއާބާދުގޭގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:25ގައި ކަމަށެވެ. އަދި އެމްއެންޑީއެފުން ބުނީ އެ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އަދިވެސް އަލިފާންގަނޑު އަދި ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
ދުމުގެ އަސަރު ކުރާ ހިސާބަށް އާންމު ފަރާތްތަކުން ނުދިއުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވާއިރު، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ހަ ވަރަކަށް މީހުން މިހާތަނަށް ދުމުގެ އަސަރުކޮށްގެން އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެމްއެންޑީއެފް ފަޔާ ޓީމުގެ މެމްބަރަކަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެންމެންނަށް ރައީސް މުހައްމަދު ސާލިހް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.