ޚަބަރު

ބިލެއްދޫ އާ އިންޖީނުގެ ގޭގެ ބިންގާ އަޅައިފި

ފަތޯނާ ފާއިޒު

ފ. ބިލެތްދޫގެ އާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ އާ އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ފެނަކައިން ބުނީ މި އަހަރުގެ ތެރޭގައި އިންޖީނުގެ އެޅުމުގެ 30 މަޝްރޫއު ފަށާނެ ކަމަށެވެ.

އެގޮތުން ބިލެތްދޫގެ މަޝްރޫއަކީ މިއަހަރުގައި އަޅާ 17 ވަނަ އިންޖީނުގެ އެޅުމުގެ މަޝްރޫއު ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ ށ.ކޮމަންޑޫއަށާއި، މ.ދިއްގަރަށް ދެ ޖަނަރޭޓަރު ފެނަކައިން ގެންގޮސްފައިވެއެވެ.