ރާއްޖެ އާއި ޗައިނާއާ ދެެމެދު އިގްތިސާދީ، ހާރިޖީ އަދި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.
މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކަކީ:
މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަން.
މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ސްޕޯޓްސް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ.
އެގްރިމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫ ތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަންގެ ސަބަބުން ދެގައުމުގެ މެދުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް އެކި ކަންކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު މަޝްވަރާތަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ.