ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫގެ ކެމްޕެއިން އޮފީހަށް ފުލުހުން ވަދެއްޖެ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކެމްޕެއިން ކަންކަން ކުރިއަށް ގެންދާ، މައި ކެމްޕޭން އޮފީސް، ސޯލްޓް ކެފޭއަށް ފުލުހުން ވަދެއްޖެއެވެ.

ފުލުހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ސޯލްޓް ކެފޭ ހިންގަމުންދާ ޝައިން ޓްރީ ބިލްޑިންގްގައި ހިންގަމުންދިޔަ ގާނޫނާ ހިލާފު ކަންތައްތަކެއް ހުއްޓުވުމަށް ފުލުހުން އެތަނަށް ވަދެ، އެކަންތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓް---

މިއަހަރުގެ ރިޔާސީ އިންތިހާބު މާދަމާ އޮންނަ އިރު، އިދިކޮޅު އިއްތިހާދާއި ސަރުކާރުގެވެސް ކެމްޕެއިން ފަހު ހަރަކާތްތައް ކުރިއަށް ގެންދަނީ މަގުތަކުގައެވެ. ފުލުހުން މިއަދު އިދިކޮޅު އިއްތިހާދު އޮފީހަށް ވަނުމުގެ އެއްވެސް އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.