ޚަބަރު

ސީރިޔާގައި ތިބި ދިވެހިން ދެމަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެންނާނެ: ރައީސް

އިބްރާހިމް ޒަކީ

1

ސީރިޔާގައި ހިނގަމުންދާ ހަނގުރާކައިގައި ބައިވެރިވުމަށް އެ ގައުމަށްދިޔަ، ދިވެހިންގެ ތެރެއިން ރާއްޖެ އަންނަންތިބި ދިވެހިން ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ސީރިޔާގައި ހާލުގައިޖެހިފައިތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ފެށުމަށް މިމަހުގެ ފަހު ހަފްތާފައި ބޭރުގެ ދެ ގައުމެއްގެ ފަރާތުން ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި އެ ގައުމުތަމާއި އެހެން އިތުރު ގައުމުތަކާއެކު، ސީރިއާގައި ތިބި ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސީރިއާއިން ރާއްގެ ގެންނަ މީހުން ބައިިތިއްބާނެ ތަނެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި އެ މަސައްކަތްވެސް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސީރިއާގައި ތިބި މީހުން ގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް ފެށުމަށް ބޭރުގެ ދެ ގައުމަކުން މިމަހުގެ ފަހު ހަފްތާގައި ރާއްޖެއަށް ޒިޔާރަތް ކުރާނެ، އެމީހުން ރާއްޖެ ގެނަަސް ވަގުތީގޮތުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް އަމަލީ ގޮތުން ފަށައިފިން، އަމާޒުކޮށްގެން މިތިބީ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިމި ގެނެވޭވަރުވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމީހުން ވަގުތީގޮތުން ބައިތިއްބާތަން ނިމުމުގެ ކުރިން އެމީހުން ސީރިއާއިން އެހެން ގައުމަކަށް ގެންދާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި އެއީ ކޮން ގައުމެއްގެ ކުދިންކަން ނޭނގޭ ކުތިން އެބަތިބި ކަމަށާއި، އެފަދަ ކުދިންނަށް އައިޑެންޓިޓީއެއް ހަދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ގެންނަމީހުން ވަގުތީގޮތުން ބައިތިއްބާނެ ތަނެއް ހަދަނީ، އެއީ ޓެރަރިސްޓް ހަނގުރާމައެއްގެ ތެރޭގައި ތިބެފަ އަންނަ ބަޔަކަށްވާތީ މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން އެމީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމަށް ކަމަށެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މީގެ ކުރިން ބުނެފައިވަނީ ސީރިއާގެ ހަނގުލާމައިގައި ބައިވެރިވުމަށްދިޔަ ބައެއް ދިވެހިން ރާއްޖެ އަންނަން ބޭނުންވެ ނާދެވި ހާލުގައި ޖެހިފަ އެގައުމުގައި އެބަތިބިކަމަށެވެ.

ރެފިއުޖީ ކޭމްޕްތަކުގައި ދިއިއުޅެމުންދާ އެމީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭގެ ތެރެއިން ގިނަ ކުދިންނަކީ، އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން އަންގައިދޭ ލިއުންވެސް ނެތް ކުދިން ކަމަށާއި އެމަކުގެ ސަބަބުން އެމީހުުން ރާއްޖެ ގެނައުމަަށް ބޮޑެތި ދަތިތަކެއް ކުރިމަރި ވެފައިވާ ކަމަށްވެސް އެންސީޓީސީން ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟